Friday, November 27
ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުގައި ދިވެއްސަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ފައިސާއާއެކު، ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ތަމޭލް ސަރަހައްދުގައި ހުންނަ ހޮޓަލަކުން ދިވެހި ފިރިހެނަކާއި ނޭޕާލުގެ އަންހެނަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކާއި، ނޭޕާލުގެ ޗިތުވާން ޑިސްޓްރިކްޓަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެކެވެ.

ފުލުހުން ވަނީ އެ ދެ މީހުންގެ އަތުން 5،050،000 ނޭޕާލީ ރުޕީސްގެ އިތުރުން، 4،215 އޮމާން ރިޔާލާއި 55 ޔޫއޭއީ ދިރުހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސް އޮފީހުގެ ތަރުޖަމާނު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ތާޕާ ވިދާޅުވި ގޮތުގައި، އެ ފައިސާ ހޯދި ގޮތުގެ އެއްވެސް ތަފްސީލެއް އެ ދެ މީހުން ދީފައެއް ނުވެއެވެ.

މި މައްސަލައިގައި މަނީ ލޯންޑަރިންގގެ ތުހުމަތު ކުރެވޭތީ، އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި މައްސަލަ ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިންގ އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު