Friday, November 27
މިޞްރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

މިޞްރުގެ ޤާހިރާގެ ހައިވޭއެއްގައި ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެމަނިކުފާނު އެއްސެވީ އިންތިހާއަށް ކަންބޮޑުވެވަޑައިގެން، ފުން ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ސީސީއަށާއި މިޞްރުގެ ސަރުކާރަށާއި، އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް އެމަނިކުފާނު އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރެއްވިއެވެ.

މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން، މީހުން ސަލާމަތްކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު