Monday, November 2
މަޖިލީހުގެ 3 ވަނަ ދައުރު ފެށުން އަންނަ ހަފުތާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު، އަންނަ ހަފުތާގައި ފަށާ ގޮތަށް ފަސްކޮށްފިއެވެ.

މީގެކުރިން ނިންމާފައި އޮތީ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މާދަމާ ފަށާ ގޮތަށެވެ.

މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިއަދު ފޮނުވި މެސެއްޖެއްގައި ބުނެފައިވަނީ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުން ލަސްކުރީ، ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގައި ދަތިތަކެއް ހުރުމުން ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުން އަންނަ ހަފުތާގެ ހޯމަ ދުވަހަށް ފަސްކުރަން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވާ ކަމަށެވެ.

ހިނގަމުންމިދާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާލައި، މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އޮގަސްޓުމަހުގެ 22 ގައެވެ.

މަޖިލިސް ޗުުއްޓީއަށް ދިޔައިރު ވަނީ ދެވަނަ ދައުރުގައި 82.9 އިންސައްތަ މަސައްކަތްތައް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު