Tuesday, November 24
އެމްޑީޕީއާ ދެކޮޅަށް ޖާބިރު ކުރި ދައުވާ ސިވިލް ކޯޓުން ބާތިލުކޮށްފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްފައިވަނިކޮށް ޕާޓީން ވަކިކޮށް ޓިކެޓު އަތުލި މައްސަލައިގައި، އެ ޕާޓީއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލަ ބާތިލުކޮށްފައިވަނީ، މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ޖާބިރުގެ ވަކީލަށް ކޯޓު އަމުރު ރައްދުކޮށްފައިވަނިކޮށް، ދައުވާކުރާ ފަރާތުން ނުވަތަ އެ ފަރާތުގެ ވަކީލަކު ވެސް އަޑުއެހުމަށް ހާޒިރުނުވުމުންނެވެ.

ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، މައްސަލަ ބެއްލެވި ގާޟީ ޒުލައިޚާ ޝީޒާ ވަނީ ޖާބިރުގެ ފަރާތުން ހުށަހެޅި ދައުވާ ފޯމު ބާތިލުކުރައްވާފައެވެ.

ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޓިކެޓު އަތުލައި، އެ ދާއިރާގެ ޓިކެޓު އެހެން މީހަކަށް ދިން ކަމަށް ބުނެ، ޖާބިރު ވަނީ އޭނާގެ އިންތިޚާބީ ހައްޤު އިއާދަކޮށްދީ، ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ދައުވާގައި އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު