Tuesday, November 24
ޖުޑީޝަރީ ކޮމިޓީގެ ނިންމުމާ މެދު އެމްކިއުއޭގެ ސީއީއޯ ކަންބޮޑުވުން ފާޅުކުރައްވައިފި

ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތަކާ ގުޅޭ ގޮތުން ބާ ކައުންސިލުން ގެނައި ބަދަލުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމިއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ބަހެއް ހޯދާފައި ނުވާތީ، އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބާ ކައުންސިލުން މިދިޔަ ޖުލައި މަހު ގެނައި އިޞްލާޙުގައި ވަނީ، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނެއް، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހެދުން ލާޒިމުކޮށްފައެވެ. އެ ނިންމުމުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ވެސް ހިމެނެއެވެ.

ނަމަވެސް ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ، މިހާރު ކިޔަވަމުންދާ ދަރިވަރުން އެ އުޞޫލުން އިސްތިސްނާކޮށް، އެ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުޞަތު ދޭ ގޮތަށް ބަދަލު ގެނައުމަށެވެ.

ފިޒާނާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ބާ ކައުންސިލުގެ ނިންމުމަކީ ޤާނޫނީ ކޯސްތައް ނިންމާ ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ކޮމިޓީން އެ ނިންމުން ނިންމިއިރު އެމްކިއުއޭގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި، އެކަމުގައި ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބާ ކައުންސިލުގެ ނިންމުމަށް ބަދަލު ގެނައި ކޮމިޓީގައި ޤާނޫނީ ދާއިރާއިން ކިޔަވަމުން ގެންދަވާ ދެ މެންބަރަކު ތިއްބެވުމުން މަސްލަހަތު ފުށުއަރާ ކަމަށް ވެސް ފިޒާނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ކޮންފްލިކްޓް އޮފް އިންޓްރަސްޓް އެނގެން ވާނީ ވެސް ލޯ ކިޔަވާ އަދި ގާނޫނު ހަދާ ފަރާތްތަކަށް،" ފިޒާނާ ލިޔުއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު