Tuesday, November 24
ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ އޮފިސަރު ނިޔާވި ކަމަށް ކަނޑައަޅައި، ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު ސިފައިންގެ އޮފިސަރު އިބްރާހިމް އަޙްމަދު (އިއްބެ) ނިޔާވި ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ކަށުނަމާދު ޕޭޖުގައިވާ ގޮތުން، މި ކަށުނަމާދު އޮންނާނީ މި މަހުގެ 27 ވާ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތް)ގައެވެ. އިއްބެ ނިޔާވި ތާރީޚުގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހެވެ.

ގދ. ތިނަދޫއަށް ނިސްބަތްވާ 39 އަހަރުގެ އިއްބެ ގެއްލުނީ، މިދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ހުވަދޫ ކަނޑަށް އަޑިއަށް ގޮސް ބަންޑުން ޖަހާލި ސަޕްލައި ދޯންޏާއި މުދާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި ފުލުސް އޮފިސަރަކާއި ދޯނީގެ ކެޕްޓަން ވެސް ވަނީ ގެއްލިފައެވެ.

ގެއްލުނު މީހުން ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން ހުވަދޫ ކަނޑުގައި މަސައްކަތްކުރި ނަމަވެސް، އެމީހުން ފެނިފައެއް ނުވެއެވެ.

ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.

މީގެ އިތުރުން، އިއްބެގެ ހަނދާނުގައި ބަންގްލަދޭޝްގައި 120 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް 300،000 ރުފިޔާ ހޯދުމަށް އާންމުންގެ އެހީއަށް ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު