Tuesday, November 24
ޑިސެމްބަރު މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ފަށަނީ

އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެމްޓީސީސީއިން ނިންމައިފިއެވެ.

އެމްޓީސީސީއިން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި އައު ރޫޓު ތައާރަފްކުރުމުގެ ސަބަބުން ގަމާއި ހުޅުމީދޫއާ ދެމެދު ކުރާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މި ދަތުރުތައް އޮންނާނީ ހަފުތާގެ ހުރިހާ ދުވަހަކު 7:00 އިން ފެށިގެން 22:00 އާ ހަމައަށެވެ.

ދަތުރުތަކާ ބެހޭ އިތުރު މަޢުލޫމާތު 1650 އަށް ގުޅައިގެން ހޯދިދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު