Monday, November 2
ވޭމަންޑޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައާއި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ތ.ވޭމަންޑޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައާއި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް، ތ.ވޭމަންޑޫ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ވޭމަންޑޫ ކައުންސިލުގެ މެންބަރުންނާއި މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވޭމަންޑޫ ކައުންސިލުގެ މެންބަރުން ވަނީ
ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ ވޭމަންޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން މި މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރާ މަޝްވަރާކުރެއްވިއެވެ. އަދި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުވިދާޅުވީ ވޭމަންޑޫގެ މި ދެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވޭމަންޑޫ ކައުންސިލުން ވަނީ މިނިސްޓަރަށާއި މިނިސްޓްރީގެ އޮފިޝަލުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި މިނިސްޓްރީގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކައުންސިލަރުން ވިދާޅުވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު