Monday, November 2
އައްޑޫ ސިޓީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

އައްޑޫ ސިޓީގެ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށާއި އަމާޒަކީ 2025 ގެ ޖޫންގެ ނިޔަލަށް މަސައްކަތް ނިންމުން ކަމަށެވެ.

އައްޑޫ ސިޓީ އިސްލާމިކް ސެންޓަރު ވެގެންދާނީ ދެކުނުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަކަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ސެންޓަރުގައި ލައިބްރަރީގެ އިތުރުން ތަމްރީނު ފެސިލިޓީއާއި އިދާރާ ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު