Monday, November 2
އުނގެނުމާއި، އުނގަންނައިދިނުމަކީ ގައުމުގެ ކުރިމަގާ ގުޅިފައިވާ މުހިންމު އަސާސެއް: ނައިބު ރައީސް

އުނގެނުމާއި، އުނގަންނައިދިނުމަކީ ގައުމުގެ ކުރިމަގާ ގުޅިފައިވާ މުހިންމު އަސާސެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ އުނގެނުމާއި އުނގަންނައި ދިނުމަކީ ގައުމެއްގެ ކުރިމަގާއި ގުޅިފައިވާ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

އިލްމާއި، ހިލްމު ހުރި ހަރުދަނާ، ގާބިލު ޖީލުތަކެއް ބިނާ ކުރުމަށް މުދައްރިސުން ކުރަމުންދަނީ އަގު ނުކުރެވޭ ފަދަ މުހިންމު ޚިދުމަތެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ މުދައްރިސުންގެ މި ޚިދުމަތް ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހެވެ.

މިއަހަރުގެ މުުދައްރިސުންގެ ދުވަހުގެ ޝިއާރަކީ '"ވެލިއުއިން ޓީޗާސް ވޮއިސަސް: ޓްވާޑްސް އަ ނިއު ސޯޝަލް ކޮންޓްރެކްޓް ފޮރ އެޑިއުކޭޝަން"' އެވެ. މި ޝިއާރުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ މުދައްރިސުންގެ ވާހަކަ އަޑުއަހައި، ތައުލީމީ ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކުރުމުގައި މުދައްރިސުން ބައިވެެރިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު