Monday, November 2
'"އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ނެތްނަމަ މިއަދު ދިވެހިން ތިބޭނީ ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައި"'

އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ނެތްނަމަ މިއަދު ދިވެހިން ތިބޭނީ ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ނެތްނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށާއި، ދީނަށް ނަސްރު ދޭނެ ސަރުކާރެއް ގާއިމުވެފައި އޮތްކަމީ ލިބިފައިވާ ނިއުމަތެއް ކަމަށެވެ.

މީގެއިތުރަށް ވަޒީރު ވިދާޅުވީ، 900 އަހަރު ވަންދެން އިސްލާމީ ޙަޟާރަތު ރާއްޖޭގައި ދެމިގެން އައީ އެކި ޒަމާންތަކުގައި އެކި ވެރީން ކުރެއްވި މަސައްކަތްޕުޅު ތަކުންކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް މިއޮތް ގަރުނަށް އިސްލާމީ އަގީދާއާއެކު ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންގެ އަދަދު އިތުރުކުރުމަށާއި ކީރިތި ޤުރުއާނުގެ އިލްމު ފެތުރުއްވުމަށް ރައީސްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު