އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު، މި މަހުގެ 19 އަށް ދިރާސާކޮށް ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ނިންމީ ކޮމިޓީގެ މެންބަރު މުޙައްމަދު މަމްދޫޙު ހުށަހަޅުއްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާއީދުކުރައްވައިގެންނެވެ.
2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ދައުލަތް ހިންގުމަށް ކުރާ ރިކަރަންޓް ޚަރަދެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމެވެ.






