1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގެ ވަގުތު ރެކީ ޕެޓްރޯލަށް ނިކުންނެވި ފަސް ބޭފުޅަކަށް، ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފިއެވެ.
އެ ބޭފުޅުންނަށް އައްޑަނަ އެރުވީ، ރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ސަރޖެންޓް ފަސްޓް ކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފް، ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ، ސަރޖެންޓް (ރިޓަޔަރޑް) ޙުސައިން މަނިކު، ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ ނަސީމް އަދި ލާންސް ކޯޕްރަލް (ރިޓަޔަރޑް) ޢަބްދުﷲ މުފީދެވެ.
މީގެ އިތުރުން، ރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމެއް ރައީސުލްޖުމްހޫރިއްޔާ ނެރުއްވިއެވެ.






