Wednesday, November 4
އެމެރިކާގެ ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދައިފި

އެމެރިކާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިހާބުގައި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު ހޯދައިފިއެވެ.

މިއާއެކު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ޤާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ.

މި އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ޓެކްސަސް، ސައުތު ކެރޮލައިނާ، އޮހާޔޯ އަދި ކެންސަސް ފަދަ މުހިންމު ސަރަޙައްދުތަކުގެ ސެނެޓް ގޮނޑިތައް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ވޭތުވެދިޔަ 94 އަހަރު ރިޕަބްލިކަން ޕާޓީން ހިފަހައްޓަމުން އައި ކެންސަސްގެ ގޮނޑި ހިމެނޭއިރު، ސައުތު ކެރޮލައިނާގެ ރިޕަބްލިކަން ސެނެޓަރު ޑާލީން ގްރެހަމް ވެސް ވަނީ މި އިންތިޚާބުގައި ނާކާމިޔާބުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު