Monday, November 2
ޖަރުމަނުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓެއިންމަޔަރ އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސް ސްޓެއިންމަޔަރ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހަކީ، އެ ގައުމު ބައްޓަންކުރުމުގެ މުހިއްމު ބަހާތަކެއް ކަމުގައިވާ އެއްބައިވަންތަކަމާއި، ވިލުންތެރިކަމުގެ ރޫހު ދައްކުވައިދޭ ދުވަހެއް ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ރައީސް ސްޓެއިންމަޔަރ އަށް ފުރިހަމަ ސިއްހަތަކަށް ވެސް އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން ޖަރުމަނުގެ ޗާންސެލަރ ޝޮލްޓްސަށް ވަކިން ފޮނުއްވި ސިޓީފުޅުގައި އޭނާއަށް ތަހުނިޔާ ވިދާޅުވެ، ރައީސް ޑރ. މުޢިއްޒު ވަނީ ޝޮލްޓްސަށް ވެސް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޓީތަކުގައި ވަނީ ޖަރުމަނުވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ހުޅަނގާއި އިރުމަތީ ޖަރުމަން ވަކިކުރެވިފައި އޮތް އޮތުން، 1990 ވަނަ އަހަރު ނިމުމަކަށް ގެނައި ދުވަސް އިހުތިފާލު ކުރުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު