Saturday, October 24
ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ބޭނުންކުރަން ފަށައިފި

ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، އެ ރަށުގެ ޕަވާ ނެޓްވޯކާ ގުޅާލައި ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މި އައު ޖެނެރޭޓަރާއެކު ހޯރަފުށީގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން ނުވަތަ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެފައެވެ.

ސްޓެލްކޯއިން ބުނީ، މި އައު އިންޖީނުގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ދަނީ އަތޮޅުތަކުގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މީގެ ކުރިން ފެނަކައިގެ ދަށުން ހިންގަމުން އައި އިންޖީނުގެތައް ވެސް ސްޓެލްކޯގެ ދަށަށް ދަނީ ބަދަލުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު