Saturday, October 31
މޯލްޑިވިއަން ހަރުދަނާކޮށް ތަރައްގީކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން: މިނިސްޓަރު އަމީން

ގައުމީ އެެއާލައިން، މޯލްޑިވިއަން ހަރުދަނާކޮށް ތަރައްގީކުރަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިހެން އެކަމާ ބެހޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މޯލްޑިވިއަން ހަރުދަނާކޮށް ތަރައްގީކުރަން ސަރުކާރުން މަސައްކަތްކުރަމުންދާ މަސައްކަތުގެ ތެރޭގައި ބައިނަލްއަގުވާމީ އޮޕަރޭޝަންތަކާއި، ޑޮމެސްޓިކް އޮޕަރޭޝަންތަކާއި، ސީޕްލޭން އޮޕަރޭޝަންތައް ކުރިއަށް އޮތް ޑިމާންޑްތަކާ އެއްވަރަށް ހަރުދަނާކުރުން ހިމެނޭ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި މޯލްޑިވިއަން އެއަރލައިންސްގެ ކުރިއެރުމާ ގުޅިފައިވާތީ، އެއަރލައިންގެ ހިދުމަތްތައް ފުޅާކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެގޮތުން ބޮޑެތި މަތިންދާބޯޓުތަކުން ދެވޭ ބައިނަލްއަގުވާމީ ހިދުމަތްތަކާއި، ރާއްޖޭގެ އެތެރޭގެ ދަތުރުތަކާއި، ސީޕްލޭން ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާ ކަމަށެވެ.

އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވާނެ ފަތުރުވެރިންގެ އަދަދާ އެއްވަރަށް އެއަރލައިންގެ ޚިދުމަތްތައް ފުޅާކުރުން ކަމަށާއި އެއަރލައިންގެ ފްލީޓް އަޕްގްރޭޑްކޮށް ވައިޑް ބޮޑީ އެއަރކަރާފްޓް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު