Tuesday, October 20
ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ކަނޑުމަތިން ހައްޔަރުކޮށްފި

ޅ. ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި، ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ މީހަކު ކ. އޮޅަހަލި ކައިރި ކަނޑުމަތިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ތަރިކަ، އުމުރުން 36 އަހަރުގެ މުޙައްމަދު ޘާޤިބް ކަމަށެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކާށިދޫ ޕޮލިހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކަނޑުމަތީގައި ޑިންގީ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 226 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ޘާޤިބްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 13 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު