އާދިއްތަ, October 18
ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި އެޗްޑީސީން ރެއިލިން ހަރުކޮށްދީފި

ހުޅުމާލޭގެ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށްދީފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހާމަކޮށްފިއެވެ.

އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ހުރި ރެއިލިން ގަވާއިދާ އެއްގޮތަށްތޯ ބަލަން ފެށި މަސައްކަތުގެ ތެރެއިން، ރެއިލިން ހަރުކުރުމަށް އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެޗްޑީސީން ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. އެ ފުރުސަތުގައި ޖުމްލަ 1,011 އެޕާޓްމަންޓުން އެހީތެރިކަމަށް އެދިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން މިއަދު ބުނި ގޮތުގައި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައިވާއިރު، މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް އެޗްޑީސީން ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ.

އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، މި މަސައްކަތްތަކުގައި އާންމުން ދޭ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު