Saturday, October 31
ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޓީމެއް އައްޑުއަށް ފޮނުވަން ވަޒީރު ނިންމަވައިފި

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އައްޑޫ ސިޓީގައި ދެމުން އަންނަ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް އެ މިނިސްޓްރީގެ ޓީމެއް އައްޑުއަށް ފޮނުވަން ވަޒީރު އާދަމް ޝަރީފު ޢުމަރު ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރާއި، އެ ކައުންސިލުގެ ބައެއް މެންބަރުންނާއެކު ކުރެވުނު މަޝްވަަރާތަކާ ގުޅިގެންނެވެ.

މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްގައި ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުވީތީ ނުހަނު އުފާކުރައްވާ ކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރާއި، ބައެއް މެންބަރުންނާއެކު ކުރެއްވި މަޝްވަރާތަކާ ގުޅިގެން އައްޑޫ ސިޓީ ޕަބްލިކް ވާރކްސްއިން ދެމުން އަންނަ ޚިދުމަތްތައް މިހާރަށް ވުރެ ރަނގަޅުކުރުމަށް ޓަކައި ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް މިނިސްޓްރީގެ ސިޔާސީބޭފުޅުންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުން ވެސް ހިމެނޭ ޓީމެއް ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ފޮނުއްވާނެ ކަމަށެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އުފެއްދެވި މިނިސްޓްރީއެކެވެ. އެ މިނިސްޓްރީން އަންނަނީ ޕަބްލިކް ވާރކްސްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ދިނުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު