Saturday, October 17
އުތުރު ބަނދަރުގެ ފިންގަރ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

މާލޭގެ އުތުރު ފަރާތު ބަނދަރުގައި ހަދަމުން އަންނަ ފިންގަރ ޖެޓީތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ 15 މީޓަރުގެ ޖެޓީތަކުގެ ތަނބުތައް ޖެހުމާއި، އެ ތަނބުތަކަށް ދަގަނޑު އެޅުމުގެ މަސައްކަތެވެ.

އެ ކުންފުނިން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތްތައް އަންނަ ހަފުތާގެ ނިޔަލަށް ނިންމައިލުމަށްފަހު، ޖެޓީތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 18.98 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 6 ފިންގަރ ޖެޓީ ހަދާނެއެވެ. އޭގެ ތެރޭގައި 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހިމެނެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މި ޖެޓީތައް ނިމުމުން ބަނދަރުގެ ތޮއްޖެހުން ކުޑަވެ، އެއްފަހަރާ ގިނަ އުޅަނދުތަކަކަށް ކައިރިކުރެވޭނެ އެވެ. އަދި ބޭރުގައި އޮންނަ އުޅަނދަކަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކުރަންޖެހޭ ދަތިކަމަށް ނިމުމެއް އަންނާނެ އެވެ.

މީގެ ސަބަބުން ކުޑަކުދިންނާއި އިސްރަށްވެހިންނަށާއި، ބަރު ލަގެޖު އުފުލާ ފަރާތްތަކަށް އަރައިފޭބުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ދަތުރުތައް އަވަސްވެ، ދަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު