Saturday, October 31
ހުޅުމާލޭގެ 6 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

ހުޅުމާލޭގެ 6 ކެފޭއެއް ބަލައި ފާސްކޮށް، އެ ތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު ޓާސްކު ފޯސްއިން ވަނީ ހުޅުމާލޭގެ ފޭސް 01 ގައި ހިންގަމުންދާ 06 ކެފޭ/ހޮޓާ ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި މި ތަންތަނުގައި ގަވާއިދާ ޚިލާފަށް ތިބި 16 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އޭގެތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިޔަ 03 ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ވަނީ މި ރެއިޑުތަކުގައި އާންމުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ކުރަމުންދާ މަސައްކަތުގައި މީގެކުރިން ވެސް ވަނީ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު