Saturday, October 31
އިސްލާމިކް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއި ކުރުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހުމުނާމާއަކީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ގައުމީ ޔުނިވާސިޓީން ދިވެހި ރައްޔިތުން ތައުލީމީ މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއް ކަމަށާއި އެކަން ބަލައިގަންނަ ކަމަށެވެ.

އެ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ދެވެން ހުރި އެއްބާރުލުމެއް ކުރިއަށް އޮތްތަނުގައިވެސް ދެމުން ގެންދާނެ ކަމަށާއި، ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމަށް ވުޒާރާއިން މަސައްކަތް ކުރައްވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު ވިދާޅުވީ، މި ފަހުމުނާގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށާއި އިލްމުވެރިންނަށް އާ ދޮރުތަކެއް ހުޅުވި، މުޖުތަމައުއަށް އެހީތެރިންކަން ފޯރުކޮށްދިނުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު