Saturday, October 31
މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފުކުރަން ނިންމައިފި

އުޅަނދުތައް މޮނިޓަރކޮށް، ވަގަށް ނެގުންފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން، މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފުކުރަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މިއަދު ބުނީ
މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތައާރަފުކުރަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށް ކަމަށެވެ.

ވުޒާރާއިން ބުނީ މި ޕްލޭޓް ތައާރަފު ކުރުމުން، އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް ޒަމާނީ ފެންވަރުގައި އުޅަނދުތައް މޮނިޓަރކޮށް، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ފަސޭހަވެގެންދާނެ ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކް ކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްސަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމްޓަމުގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ވެސް ފާހަގަކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު