Saturday, October 31
ގަވާއިދާ ޚިލާފަށް އުޅެމުން އައި އިތުރު ދެ ބިދޭސީއަކު އަތުލައިގެންފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އައި އިތުރު ދެ ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގުރޭޝަނުން މިއަދު ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށްޓަކައި ޓާސްކު ފޯސްއިން ކުރަމުންދާ މަސައްކަތުގައި، އިއްޔެ މާފަންނުގެ 02 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ތަންތަނުން 02 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގެ އިތުރުން އިމިގްރޭޝަނުން އަންނަނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ޚާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 10 މަސްތެރޭގައި ގަވާއިދާ ޚިލާފުވެގެން ފޮނުވާލެވުނު ބިދޭސީންގެ އަދަދަކީ 4,054 އެވެ.

17 ނޮވެމްބަރު 2023 އިން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޑީޕޯޓްކޮށްލި ބިދޭސީންގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލީ ޖޫން މަހާއި މި މަސްތެރޭގައެވެ. ޖޫން މަހުގައި 690 ބިދޭސީން ޑީޕޯޓްކޮށްލިއިރު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 ބިދޭސީން ވަނީ ޑީޕޯޓްކޮށްލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު