Tuesday, October 27
މޯލްޑިވިއަންގެ ފްލައިޓްތަކަށް ޓްރިޕްޓޮޑްކޮމް މެދުވެރިކޮށް ބުކް ކުރެވޭ ގޮތް ހަދައިފި

ޓްރިޕްޑޮޓްކޮމް މެދުވެރިކޮށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށް ބުކް ކުރެވޭ ގޮތް އެ އެއާލައިނުން ހަދައިފި އެވެ.

މޯލްޑިވިއަން އިން ބުނީ ޓްރިޕްޑޮޓްކޮމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ވެބްސައިޓު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބުކިން ހެދޭނެ ގޮތް މެދުވެރިވުމަކީ ފަސިންޖަރުންނަށް ލިބޭނެ އިތުރު ފަސޭހައެއް ކަމަށެވެ.

"ޕާޓްނާޝިޕްގެ ސަބަބުން އޮންލައިން ޕްލެޓްފޯމުގައި ބައިވެރިވުން އިތުރަށް ހަރުދަނާވެ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ރާއްޖެއަށް އައުމަށް ފުރުސަތު ލިބޭނެ،" މޯލްޑިވިއަންއިން ބުންޏެވެ.

މުޅި ދުނިޔެއާ ގައުމީ އެއާލައިން މިގޮތަށް ގުޅުވާލެވުމަކީ އެ އެއާލައިނަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަން އިން އަންނަނީ ފަސިންޖަރުންނަށް ފަސޭހަކޮށްދިނުމަށް މުޅިން އާ ކަންތައްތައް ތައާރަފްކޮށް، ވީހާ ވެސް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭން މަސައްކަތް ކުރަމުން ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު