Tuesday, October 27
ރީލޯޑް ކޮށްގެން އައިފޯން 15 ޕްރޯއެއް ހޯދިދާނެ

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން ކޮންމެ ހަފުތާއަކު އައިފޯން 15 ޕްރޯއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަނާއެކު 20ރ. ނުވަތަ އެއަށްވުރެ މަތިން ރީލޯޑް ކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުވަތުގެ ނަސީބުވެރިއަކަށް އައިފޯން 15 ޕްރޯއެއް ލިބިގެންދާނެ ކަމަށެވެ.

"ސެޕްޓެމްބަރު 30، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، އަމަރު އަދި މަމެން ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ،" ދިރާގުން ބުންޏެވެ.

ދިރާގު އެޕް، މައިއެކައުންޓް އަދި ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ވެސް އެ ގުރުވަތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ޕޯޓްފޯލިއޯގައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެކި ޕްރީޕެއިޑް ޕްލޭންތައް ހިމެނިފައިވެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު