އާދިއްތަ, October 11
ހުޅުމާލޭ ފިހާރައެއްގައި ވިއްކަން ހުރި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ފުލުހުން ނަގައިފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި، އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، އެ ފިހާރައިގައި އެފަދަ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތުތަކެއް ދައުރުވަމުން ދިޔުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ފިހާރަ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، އޮކްޓޫބަރު 7 ވަނަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެފަދަ 6 ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާގޮތުން، އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ ޝިއާރުތަކާއި އެފަދަ ދީންތައް ރަމްޒުކޮށްދޭ ތަކެތި ރާއްޖެ އެތެރެކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރި އުސޫލުން ވިއްކުމަކީ މަނާ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު