ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބި، ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކުގެ ތާރީހުގައި ނުވަ މަސްދުވަހުގެ ތެރޭގައި ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ބީއެމްއެލްއިން އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ސާފު ފައިދާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ހަމައެކަނި ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 36 އިންސައްތައިގެ އިތުރުވުމެކެވެ.
މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިއަން ރުފިޔާ އަދި އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ 38 އިންސައްތައިގައި ހުރިއިރު، މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 އިންސައްތައަށް ވުރެ ތިންގުނަ މަތީ ނިސްބަތެކެވެ. މީގެ އިތުރުން ކަސްޓަމަރުންގެ ޑިޕޮސިޓް 14 އިންސައްތައިގެ ކުރިއެރުމަކާއެކު 42.36 ބިލިއަން






