Thursday, October 8
ހައިވޭ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެ ޓްރީޓޮޕްގައި ފަރުވާދެނީ

ސިނަމާލެ ބްރިޖް ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލެއް އެ ވެއްޓުނު ސައިކަލުގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ އަންހެނެއްގެ އަތް ބިންދައިގެންގޮސް، އިތުރު ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފާވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އިތުރަށް ބަލައި ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު