Thursday, October 8
ރާއްޖޭގެ ޤާނޫނުތަކާއި އާދަކާދަތަކަށް ފުރިހަމައަށް އިޙްތިރާމްކުރާނެ ކަމުގެ ޔަޤީންކަން އީގަލް ހިލްސްގެ ޗެއާމަން ދީފި

ފޮޓޯ-ވަގުތު

ރަސްމާލޭގައި ރިއަލް އެސްޓޭޓްގެ ބޮޑު މަޝްރޫޢެއް ހިންގުމަށް ތައްޔާރުވަމުންދާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އިޖުތިމާއީ އާދަކާދަތަކަށް ފުރިހަމައަށް ބޯލަނބާނެ ކަމުގެ ޔަޤީންކަން އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްއައްބާރު ދެއްވައިފިއެވެ.

"ވަގުތު" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އަލްއައްބާރު ވިދާޅުވީ، އީގަލް ހިލްސްއަކީ އެހެން ޤައުމުތަކުގައިވެސް މަސައްކަތްކުރާއިރު އެ މުޖުތަމަޢެއްގެ އާދަކާދަތަކަށް ކަމޭހިތައި، އެ ޤައުމެއްގެ ޤާނޫނުތަކަށް އިޙްތިރާމްކުރާ މެހްމާނެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށެވެ. އަދި ރާއްޖެއާއެކު ވެވޭ އެއްބަސްވުންތައް ކުރިއަށްދާނީ ބައިނަލްއަޤުވާމީ ހަމަތަކާ އެއްގޮތަށް، ދެފުށްފެންނަ އަދި އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢަކީ 20 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓަކަށްވާއިރު، އޭގެ ތެރެއިން 500 ހެކްޓަރުގެ ސަރަޙައްދެއްގައި ފެންވަރު ރަނގަޅު މެރީނާއަކާއި، ރެޒިޑެންސްތަކާއި، ވިޔަފާރިއާއި އިޖުތިމާއީ ވަސީލަތްތައް ތަރައްޤީކުރެވޭނެއެވެ. ބާކީ 600 ހެކްޓަރުގެ ބިން ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްޞަކޮށްފައިވާއިރު، އެތަނުގައި 65،000 ހައުސިންގ ޔުނިޓު ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ހުޅުމާލޭގައި ސަވަރިން ގެރެންޓީއަކާ ނުލައި 5،000 ހައުސިންގ ޔުނިޓު އެޅުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު