Thursday, October 8
ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ޕްލާސްޓިކް ފުޅިތަކަށް އަޅާފަ ހުރި ބަނގުރާތައް ނައްތާލަނީ/ފޮޓޯ- މޯލްޑިވްސް ޕޮލިސް ސާވީސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިމަހު 5 ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފިއެވެ.

ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވުނު ތިން މައްސަލައަކާ ގުޅިގެން ނައްތާލާފައިވާ މި ތަކެތީގެ ތެރޭގައި 500 އެމްއެލްގެ 2,547 ފުޅި ބަނގުރަލާއި، 5 ލީޓަރުގެ 23 ފުޅި ބަނގުރަލުގެ އިތުރުން ޕްލާސްޓިކް ޓައްޕު ހިމެނޭ ގޮތަށް ނުވަ އައިޓަމެއް ހިމެނެއެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގަވާއިދުގެ މަތިން، އެކަމަށްޓަކައި ޚާއްޞަކޮށް އެކުލަވާލާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު