Wednesday, October 7
ހުޅުމާލެ 2 ގައި އެކްސިޑެންޓެއްވެ ފަސް މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ރޭ ދަންވަރު 2:55 ހާއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ދެ ސައިކަލު ޖެހިގެން ހިނގި މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ފުރަތަމަ ތިން މީހަކަށް ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. ނަމަވެސް އިތުރު ފަރުވާއަށް އެ މީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އަދި ބާކީ ތިބި ދެ މީހުން ވެސް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު