Tuesday, October 6
މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ކަށުނަމާދު މިއަދު މަޣްރިބު ނަމާދަށްފަހު ބާއްވަނީ

ފޮޓޯ- އެމްވީކްރައިސިސް

މެލޭޝިއާގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރު އާމިނަތު އިމީލީ ނާޒިމްގެ ކަށުނަމާދު މިއަދު މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

ސ. ހިތަދޫ، މާރިޝް، އާމިނަތު އިމީލީ ނާޒިމްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު، މެލޭޝިއާގެ މަސްޖިދު އަލްއިރުޝާދު ސުބަންގް ޖަޔާ ސެލެންގާގައެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން މި ކަށުނަމާދުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

މި ހާދިސާ ހިނގާފައިވަނީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔުމަށް އިމީލީ އެރި ޓެކްސީ އެކްސިޑެންޓުވެގެންނެވެ. ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިހުން ބުނި ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ 8:48 ހާއިރު ނިއު ބަންޑީ އެކްސްޕްރެސްވޭގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ. ޓެކްސީ ޑްރައިވަރު ދުއްވި ކާރު ކޮންޓްރޯލުން ނެއްޓިގެންގޮސް އެހެން ކާރެއްގައި ޖެހި ޓެކްސީ ބަންޑުން ޖެހުމުގެ ސަބަބުން ކާރުގެ އެތެރޭގައި ތާށިވެ އިމީލީ ވަނީ ނިޔާވެފައެވެ. ނަމަވެސް، އެ ކާރުގައި އިން އަނެއް ދިވެހި ދަރިވަރަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

ފުލުހުން ދެ ކާރުގެ ޑްރައިވަރުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު، ޓެކްސީ ދުއްވި 37 އަހަރުގެ ޑްރައިވަރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައެވެ. މި މައްސަލައިގެ ތަހުގީގަށް އެ ޑްރައިވަރު ހަތަރު ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ވަނީ ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު