Tuesday, October 6
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރަކުން މީހަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، އަމާން އުދަރެސް 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި ވެއްޓިފައިވަނީ ފިރިހެނެއްކަމަށް މައުލޫމާތު ލިބިފައިވާއިރު، ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އޭނާ ވަނީ ނިޔާވެފައެވެ.

އެމީހާ ވެއްޓުނީ ޓަވަރުގެ ކޮން ތަނަކުން ކަމެއް އަދި ސާފުވެފައިނުވާއިރު، ފުލުހުން ދަނީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ބަލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު