މެދުއިރުމަތިން ސާފުނުކުރާ ތެޔޮ ބޭރުކުރާ މިންވަރު ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާގައި، ހަނގުރާމައިގެ ކުރީގެ މިންވަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ކްޕްލާގެ ތަފާސްހިސާބުތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ.
ރިޕޯޓުގައިވާ ގޮތުން ސެޕްޓެމްބަރު 24 އަދި 27 އިން 29 އަށް ދުވާލަކު 19.5 މިލިއަނާއި 22.5 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް ތެޔޮ ބޭރުކޮށްފައިވެއެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިން އެވްރެޖްކޮށް ދުވާލަކު ބޭރުކުރި 18 މިލިއަން ފީފާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު 1 ވަނަ ދުވަހާ ހަމައަށް ހަތް ދުވަހުގެ މޫވިންގ އެވްރެޖް ހުރީ ދުވާލަކު 18.5 މިލިއަން ފީފާގައެވެ. މީގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅި އާއި ރަތްކަނޑު ހުރަސްކޮށް ގެންދާ ތެލާއި، ޓާމިނަލްތަކުން ބޭރުކުރާ ތެލުގެ އިތުރުން ގަލްފް އޮފް އޮމާންގައި އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުކުރާ ތެޔޮ ވެސް ހިމެނެއެވެ.
ޝިޕިންގ އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ މެރިސްކްސް އަދި ޔޫކޭއެމްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި، މި ކުރިއެރުން އައިސްފައިވަނީ ހޮރުމުޒް ކަނޑުއޮޅިއާއި ގަލްފް އޮފް އަދަން ފަދަ ސަރަޙައްދުތަކުގައި ތެޔޮ ޓޭންކަރުތަކަށް ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.






