Tuesday, November 17
ނައިފަރުން 17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި
ޅ. ނައިފަރުން 17 އަހަރުގެ ކުޑަކުއްޖަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ހާދިސާގައި ހޯދަމުންދަނީ ޅ. ނައިފަރު، ނޫކަނޑު، މުހައްމަދު އަހްޔާން ހުސައިން (17އ) އެވެ.

ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، އަހްޔާން ގެއްލިގެން ނައިފަރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރުއެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އަހްޔާން އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހު ނައިފަރުގައި ދިރިއުޅޭ ގެއިން ކަމަށެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ފޯނަށް ގުޅުމުންވެސް ޖަވާބު ނުދޭތީ، އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައިނުވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

މުހައްމަދު އަހްޔާން ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު