Tuesday, November 24
ރަސްމާލޭ މަޝްރޫއުގައި ދިވެހިން އެދޭ ގޮތަށް މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން އީގަލް ހިލްސްއިން ދީފި
ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން ދިވެހިންގެ އިތުބާރު ލިބިފައިވާ ކަމަށް ވިދާޅުވެ، އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވަނީ ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ރަސްމާލޭގެ މަޝްރޫއު ނިމުމުން އެ ތަން އޮންނާނެ ގޮތް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއެކު އާންމުކުރެއްވި މެސެޖެއްގައި އަލައްބާރު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އިންވެސްޓްމެންޓް ގެންނަ ކުންފުނީގެ ހައިސިއްޔަތުން ދިވެހިން ކުރާ އިތުބާރަކީ ފަޚުރެއް ކަމަށެވެ. އަދި މި މަޝްރޫއުގައި އުފައްދަނީ ހަމައެކަނި އިމާރާތްތަކެއް ނޫން ކަމަށާއި، ރެސްޓޯރެންޓްތަކާއި، ހޮޓާތަކާއި، ކުޅިވަރުކުޅޭނެ ތަންތަނާއި، ކުޑަކުދިންނަށް ހާއްސަ ތަންތަން ހިމެނޭ ފުރިހަމަ ދިރިއުޅުމުގެ ވައްޓަފާޅިއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގެ 500 ހެކްޓަރުގައި ހިންގާ މި މަޝްރޫއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ ގޮތުގައި 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފަންޑިންގ ލިބިގެންދާނެއެވެ. މި މަޝްރޫއަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާޑުކިޔަމުންދިޔަ ނަމަވެސް، ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ މަސައްކަތުގެ ފެންވަރު ސީދާ ބެލުމަށްފަހު ކަމަށެވެ.

އެގޮތުން މިސްރުގެ އިސްކަންދަރިއްޔާގައި އީގަލް ހިލްސްއާއި އިމާރު ގުޅިގެން "މަރާސީ" ގެ ނަމުގައި ޔޮޓް މެރީނާއަކާއި، ހޮޓާތަކާއި، ޓައުންތައް ހިމެނޭ ގޮތަށް ކާމިޔާބު ކަމާއެކު ސްމާޓް ސިޓީއެއް ތަރައްގީކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު