Thursday, November 26
އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ ޝަރަފު ޖެހިޖެހިގެން 7 ވަނަ ފަހަރަށް ރާއްޖެއަށް
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން" ގެ މަގާމު ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފިއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ 2026" ގައި ރާއްޖެއިން ވަނީ ސަރަހައްދީ ފެންވަރުގައި ޖުމްލަ ފަސް އެވޯޑެއް ހޯދާފައެވެ. މީގެ ތެރޭގައި ލީޑިން ޑެސްޓިނޭޝަންގެ އިތުރުން ލީޑިން ޑައިވް، ގްރީން، އަދި ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑު ހިމެނޭއިރު، އިންޑިއާ ކަނޑުގެ "ލީޑިން ޓޫރިސްޓް ބޯޑު" ގެ ލަގަބު ހޯދާފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނެވެ.

މި ހަފްލާގެ ތެރެއިން ރާއްޖޭގެ 15 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ބްރޭންޑްތަކުން ވަނީ ރިސޯޓުތަކާއި، ލަގްޒަރީ ހޮސްޕިޓޭލިޓީ، އެވިއޭޝަން، ޑައިވިން، އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ދާއިރާތަކުން ތަފާތު އެވޯޑުތައް ހާސިލުކޮށްފައެވެ. ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކުން ބައިވެރިވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ.

1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާއިރު، ރާއްޖެއިން ވަނީ 2020 އިން ފެށިގެން 2025 އާ ހަމައަށް ޖެހިޖެހިގެން ހަ އަހަރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ މަގާމުވެސް ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު