Thursday, November 26
އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ އެވޯޑު 13 ވަނަ ފަހަރަށް ވީއައިއޭއަށް
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއާ ކަނޑުގެ ކެޓަގަރީން ދޭ "ލީޑިން އެއާޕޯޓް" ގެ އެވޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަށް އަނެއްކާވެސް ލިބިއްޖެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ 2026" ގައި ވީއައިއޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެންމެ މޮޅު އެއާޕޯޓުގެ ޝަރަފު ވީއައިއޭއިން ކާމިޔާބުކުރި 13 ވަނަ ފަހަރެވެ.

މި އެވޯޑަށް މަޑަގަސްކަރަ، ރީޔޫނިއަން، ސީޝެލްސް އަދި މޮރިޝަސްގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކާ ވާދަކޮށް ވީއައިއޭއަށް ލިބުނު މި ކާމިޔާބީއަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާކަމުގެ ހެއްކެއް ކަމަށް އެމްއޭސީއެލުން ފާހަގަކުރެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވީ މިއީ މުވައްޒަފުންގެ ބުރަ މަސައްކަތާއި، އެއާޕޯޓުގެ ތަރައްގީއަށް ގެންނަމުންދާ ބަދަލުތަކުގެ އިތުރުން ޕާޓްނަރުންގެ އެއްބާރުލުމުގެ ނަތީޖާ ކަމަށެވެ. އަދި އެއާޕޯޓުގެ އުމްރާނީ ތަރައްގީއާއި ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ޓާމިނަލްގެ އެކި ސަރަހައްދުތަކަށް ޒަމާނީ ވަސީލަތްތައް އިތުރުކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ މާހައުލެއް ކަށަވަރުކުރުމަށް އަބަދުވެސް އިސްކަންދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު