އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރެވޭނީ އެންމެން ގުޅިގެން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 53 ޖަމްޢިއްޔާއަކުން ބައިވެރިވި ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ދީނީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި މި ދުވަސްވަރު އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަން ފާހަގަކުރައްވައި، އެކަކު އަނެކަކަށް އެހީތެރިވެ ފުރިހަމަކޮށްދޭ ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، ފާއިތުވި ދެތިން އަހަރު ދުވަހު އިސްލާމީ ދާއިރާގެ ޖަމްޢިއްޔާތަކާއެކު ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށްފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދީނީ ދަޢުވަތު ފެތުރުމަށް ބޭނުންވާ އިސްލާމީ ސްޓޫޑިއޯތައް ހެދުމަށާއި ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވި ދެ އަހަރު ތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށާއި، ހިންގުން ހަރުދަނާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



