ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީތަކުގައި އެސްޓީއޯ އިން ތެޔޮ ޝެޑްތައް ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށާއި އާންމުންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދެއެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކޮށް ނިންމުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް.
މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި… pic.twitter.com/JVJd0akaS7
— Mohamed Saeed (@em_saeed) September 26, 2026
މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ތެޔޮ ޝެޑްތައް ހަދައި، ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
އެ ރަށްތަކަކީ:
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ރ. ދުވާފަރު
- ބ. އޭދަފުށި
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ދ. މީދޫ
މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނާއި ސިނާޢީ މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތެޔޮ ހޯދުމަށް ކުރާ ދިގު ދަތުރުތަކަށް ނިމުމެއް އައިސް ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެއެވެ.
މީގެއިތުރުން، މިފްކޯއާއި އެސްޓީއޯ ގުޅިގެން އެފްއެސްއެމްގެ ފިއުލް ޝެޑްތައް ހުންނަ މިފްކޯ ސެންޓަރުތަކުން މަސްދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ދޫކުރުމުގެ އުސޫލެއް ވަނީ ހަމަޖައްސާފައެވެ. މި އުސޫލުގެ ދަށުން މަސްކިރުވުމަށްފަހު 48 ގަޑިއިރު ތެރޭގައި ދޫކުރާ ޕޭމަންޓުގެ ތެރެއިން ތެލުގެ ފައިސާ ކަނޑައިގަނެވޭނެއެވެ. މިފްކޯ މެދުވެރިކޮށް ކްރެޑިޓަށް ތެޔޮ ދޫކުރާ ކޯޓާތަކަށް ބަލާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް ދޫކުރަނީ 1,500 ލީޓަރެވެ.
މި ލިޔުން ކިޔާލުމުން



