Monday, November 9
އުރީދޫއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން ފަށައިފި

އުރީދޫ މޯލްޑިވްސްއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަގުހުރި ފައިސާގެ އިނާމުތަކާއެކު "ރީޗާޖް އެންޑް ވިން" ނަމުގައި އައު ޕްރޮމޯޝަނެއް ފަށައިފިއެވެ. މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ އެޕް މެދުވެރިކޮށް 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދަކުން ރީޗާޖުކޮށްގެން ނުވަތަ އެ އަދަދުގެ ޕެކޭޖެއް އެކްޓިވޭޓްކޮށްގެންނެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިއަކަށް 12،000 ރުފިޔާ ލިބޭއިރު، ޕްރޮމޯޝަން ނިމުމުން ހޮވާ ގްރޭންޑް ޕްރައިޒް ނަސީބުވެރިޔާއަށް 100،000 ރުފިޔާގެ އިނާމެއް ލިބިގެންދާނެއެވެ. ޝަރުތު ހަމަވާ ކޮންމެ ޓްރާންސެކްޝަނަކާއެކު ހަފްތާގެ ގުރުއަތަށާއި ގްރޭންޑް ޕްރައިޒް ގުރުއަތަށް ފުރުސަތު ލިބޭއިރު، އިތުރަށް ރީޗާޖު ނުވަތަ ޕެކް އެކްޓިވޭޓް ކުރާވަރަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

އުރީދޫއިން މި ޕްރޮމޯޝަން ކުރިއަށްގެންދިއުމުގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުން އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލްކޮށް މޯބައިލް ހިދުމަތްތައް މެނޭޖުކުރުމަށާއި، ފަސޭހަކަމާއެކު ރީޗާޖުކުރުމާއި ޕެކޭޖްތައް އެކްޓިވޭޓްކުރުމަށް ހިތްވަރުދިނުމެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު