Saturday, October 31
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 91 މައްސަލައެއް ރިޕޯޓުކޮށްފި

މިދިޔަ އޮގަސްޓް މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 91 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ހުށަހެޅުނު މިފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 53 މައްސަލައަކާއި، ފިރިހެން ކުދިންނާ ގުޅޭ 38 މައްސަލައެކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 32 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 14 މައްސަލައެކެވެ.

މީގެ އިތުރުން ވެސް ޖިންސީ ހާނިއްކައިގެ 20 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 13 މައްސަލައިގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަވެސް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.

އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 08 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 04 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 01 މައްސަލައިގެ އިތުރުން ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލައާއި އެހެނިހެން 02 މައްސަލައެއް މިދިޔަ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު