މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މީގެއިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޑްރަގް ކޯޓު، ނޭޝަނަލް ޑްރަގް އެޖެންސީ އަދި ސައުތު ޕޮލިހުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމަކީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި މަސްތުވާތަކެތީގެ ފަރުވާއާއި، ރީހެބިލިޓޭޝަން އަދި ރިކަވަރީ މަރުހަލާގައި ދިމާވާ ދަތިތަކާއި ހުރަސްތައް ދެނެގަތުމަށް ބޭއްވި ފޯރަމެކެވެ. އަދި ކަމާގުޅޭ މުއައްސަސާތަކުގެ މަސައްކަތްތައް އެއް މިސްރާބަކަށް ބައްޓަންކޮށް، ގުޅިގެން އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށް މަޝްވަރާކުރެވުނެވެ.
މި ފޯރަމުގައި ސައުތު ޕޮލިސް، ޑްރަގް އެންފޯސްމަންޓް، އެންޑީއޭ، ޑްރަގް ކޯޓު، ޕީޖީ އޮފީހުގެ އިތުރުން ގިރިންދާ ޖަމުއިއްޔާއިންވެސް ބައިވެރިވެފައިވެއެވެ.






