Tuesday, October 27
އައިޔޫސީއެންގެ ޑީޖީއާ މިނިސްޓަރު ޠޯރިގް ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަރޖީ، ތާރިޤް އިބްރާހީިމް، އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންވަޒޭޝަން އޮފް ނޭޗަރ(އައިޔޫސީއެން) ރެ ޑިރެކްޓަރ ޖެނެރަލް ގެރްތެލް އަގިއުލަރ އާ ބައްދަލުކުރައްވައިފި އެވެ.

އާރުސީއެފް 2024 އޭޝިއާ ފޯރަމްގެ ހަވާސާގައި އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި، މިނިސްޓަރު ވަނީ، އައިޔޫސީއެންގައި ހިމެނޭ ކުދި ޖަޒީރާގައުމުތަކުގެ ދައުރު ފުޅާކޮށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި، ރާއްޖޭގައި މިހާރު އައިޔޫސީއެންގެ އެހީތެރިކަމާއެކު ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.

8 ވަނަ އައިޔޫސީއެން އޭޝިއާ ރީޖަނަލް ކޮންވަޒޭޝަން ފޯރަމް ކުރިޔަށް ދަނީ ތައިލޭންޑްގެ ބެންކޮކްގައެވެ. މިމަހުގެ3-5 އަށް ކުރިޔަށްދާ މި ފޯރަމްގައި،ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކާއި، ސަރުކާރުތަކުގެ އިސްވެރިންނާއި، އަދި މި ދާއިރާއާ ގުޅުންހުރި އެހެނިހެން މުހިންމު ފަރާތްތައް ހިމެނޭހެން600 މަންދޫބުން ބައިވެރިވެފައި ވެއެވެ.

މި ފޯރަމަކީ ދެމެހެއްޓެނިވި މުސްތަޤްބަލެއް ހޯދުމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި އައު ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މިފަދަ ފޯރަމްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި ކުރިއަށްދާ އައު ކަންތައްތަކާއި ބެހޭ މަޢުލޫމާތު ލިބި، އެހެން ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު