Tuesday, October 27
ފޮރިން އިންވެސްޓްމަންޓް ބިލު ރައީސް ތަސްދީގުކުރައްވައިފި

ރާއްޖޭގެ އައު ފޮރިން އިންވެސްޓްމެންޓް ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައި ފިއެވެ.

ފޮރިން އިންވެސްޓްމެންޓްގެ އުސޫލުތައް ހަރުދަނާކޮށް، އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުސަތުތަކެއް ގާނޫނީ ގޮތުން ލިބޭނެ ގޮތަށް އެކުލަވައިލާފައިވާ މި ބިލު ރައީސް ތަސްދީގް ކުރެއްވުމާއެކު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ. މިއާ އެކު 45 އަހަރަށް ފަހު ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް ގާނޫނެއް ވުޖޫދުވެގެން ދިޔައީއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އެވެ. މިބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުން މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފާސްކޮށްފައިވަނީ 77 މެންބަރުންގެ އިއްތިފާގުންނެވެ.

އިންވެސްޓްމެންޓް ގާނޫނުގައި، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭ ގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު