Thursday, October 22
ޓްރެފިކް ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި
މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ. އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ފުލުސް އޮފިސަރަށް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، ހަތި، އުމުރުން 23 އަހަރުގެ ސާއިން އަބްދުލްގައްޔޫމެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. ފުލުހުން ބުނި ގޮތުގައި ހާދިސާގައި ބޭނުންކުރި ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިންވެސް ޓްރެފިކް ބަލަހައްޓާ ފުލުހުންނަށް ނުކިޔަމަންތެރިވެ، އުޅަނދުތަކުން ޖެއްސުމުގެ ހާދިސާތައް ހިނގާފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު