Thursday, October 22
އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އަމިއްލައަށް އިމާރާތްކުރި ޒަމާނީ އޮޑިޓޯރިއަމް ހުޅުވައިފި
އެމްޑަބްލިޔުއެސްސީ ގެ މުވައްޒަފުންގެ އަމިއްލަ ހުނަރާއި މަސައްކަތުން ފަރުމާކޮށް އިމާރާތްކުރި ޒަމާނީ އައު އޮޑިޓޯރިއަމް ރަސްމީކޮށް ހުޅުވައިފިއެވެ. މި ތަން ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއާއި، ބޯޑު މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީން މައުލޫމާތު ދޭ ގޮތުގައި، އެއްފަހަރާ 425 މީހުންގެ ޖާގަ އޮންނަ މި އޮޑިޓޯރިއަމްގައި އެންމެ ޒަމާނީ ވަސީލަތްތަކުގެ އިތުރުން ޚާއްޞަ ބޯޑްރޫމަކާއި ކޭޓަރިންގ ފެސިލިޓީސްވެސް ވަނީ ޤާއިމުކޮށްފައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޙުސައިން ފަހުމީ ވަނީ މިފަދަ ފުރިހަމަ ތަނެއް ޙަޤީޤަތަކަށް ހަދައިދިނުމުގައި މުވައްޒަފުން ދެއްކެވި އިޚްލާޞްތެރިކަމާއި ޓީމްވޯކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެއްބައިވަންތަކަމުގެ މުހިންމުކަމާ ގުޅޭގޮތުން ޝައިޚް އަޙްމަދު ސަމީރު ވަނީ ޚާއްޞަ ދީނީ ދަރުސެއް ދެއްވާފައެވެ. ޝައިޚްގެ ދަރުސުގައި، އީމާންތެރިކަމާއި އިޙްތިރާމާއެކު އެކަތިގަނޑެއްގެ ގޮތުގައި ތިބުމުގެ ބާރާއި، މަސައްކަތުގެ މާޙައުލާއި މުޖުތަމަޢުގެ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ޚާއްޞަ ޙައްޖު ޤުރުއަތުލުންވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ބާއްވާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ޝަރުޠުހަމަވާ މުވައްޒަފުންގެ މެދުގައި ނެގުނު މި ޤުރުއަތަކީ މުވައްޒަފުންނަށް އިސްލާމްދީނުގެ މަތިވެރި ރުކުނެއް އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ދެވޭ ޚާއްޞަ އިސްކަމެކެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު