Thursday, October 22
އދ. ލޮނުބޮއި ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ހުޅުވާލައިފި
އަރިއަތޮޅު ދެކުނުބުރީ ލޮނުބޮއިގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމަށް ރަށްރަށާއި ފަޅުތައް ދޫކުރުމަށް ސަރުކާރުން 30 މޭއި 2024 ގައި އާންމުކުރި ލިސްޓަށް ގެނެވުނު 12 ވަނަ އިސްލާހާއެކު، 1.2 ހެކްޓަރުގެ އެ ރަށް ވަނީ ފަތުރުވެރިކަން ތަރައްގީކުރާނެ ރަށްތަކުގެ ތެރޭގައި ހިމަނާފައެވެ.

ކުރީގެ ސަރުކާރުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވާލި ލޮނުބޮއި ފަތުރުވެރިކަމަށް ދޫކޮށްދިނުމަށް އެދި އދ. އަތޮޅު ކައުންސިލުން ވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި އެދިފައެވެ.

މި ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ އަމާޒުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު